މިއީ ފަސޭހަކަމާއެކު ފޮތް ޝާއިއުކޮށް، ގިނަ ބަޔަކަށް ރައްކާތެރިކަމާއި އިތުރުބާރާއެކު ފޮތް ފޯރުކޯށްދޭ ޒަމާނީ މަންސަ
މިއީ ދިވެހި ކިޔުންތެރިންގެ މެދުގައި މަޤްބޫލު ގިނަ ބަޔަކު ބޭނުންކުރަމުންދާ އެޕްލިކޭޝަންއެއް
މިއެޕްލިކޭޝަންގައި ފޮތް ޝާއިއު ކުރެވެނީ އެންކްރިޕްޝަން ބޭނުންކުރެވި، ސްކީންޝޮޓް ނެގުމާއި ފޮތް ލީކުކުރުމުން ރައްކާތެރިވާ ގޮތަށް
ކޮންމެ ސޭލްއަކުން 70% އާމްދަނީ ލިޔުންތެރިންނަށް ލިބިގެންދާނެ. މިއެޕްލިކޭޝަންގައި ޝާއިއު ކުރުމަށް އިތުރު އެއްވެސް ފީއެއް ނުނެގޭނެ
ތިޔަބޭފުޅުންގެ ފޮތްތަކަށް އޯޑިޔޯ އުފައްދާ ގިނަ ބަޔަކަށް ފޯރުކޮށްދިނުމުގައި އަޅުގަނޑުމެން އެހީތެރިވަން
އެހެން ލިތުންތެރީން އެބޭފުޅުންގެ ތަޖުރިބާ ހިއްސާކުރަމުން ވިދާޅުވަނީ...
"ދިވެހިފޮތް އޮންލައިން މާރުކޭޓު އެޕަކީ، ލިޔުންތެރިންނަށް ހުޅުވިފައިވާ ވަރަށް މުހިންމު ދޮރުވައްޗެކެވެ. އޮންލައިންކޮށް މުޅި ދުނިޔެއަށް ދިވެހިބަހުގެ ފޮތްތައް ލިބޭން ފަހިވި ފާގަތި ރާސްތާއެކެވެ! ދިވެހި ލިޔުންތެރީންނަށް އަދަބުން އާމްދަނީ ހޯދާން ވެސް ފަހިވި އަބަދީ ފަހިފަހި މަގެއް ވެސް މެއެވެ. އެދެނީ ކާމިޔާބަށެވެ!"
"އަޅުގަނޑުގެ ގިނަ ފޮތްތަކެއް މިހާރު ވަނީ ދިވެހި ފޮތް އެޕްގައި ޝާއިއު ކުރެވިފައެވެ. މި ފޮތް އެޕަށް އަޅުގަނޑު ފޮތްތައް ލުމަށް ނިންމީ ރާއްޖޭން ބޭރުގައި ދިރިއުޅޭ ފަރާތްތަކުން އަޅުގަނޑު ފޮތްތައް މި އެޕުން ފެންނާނެ ގޮތް ހަދައި ދިނުމަށް އެދިފައިވާތީ އެވެ. އަޅުގަނޑު ދެކޭ ގޮތުގައި މި އެޕަކީ ވަރަށް ރަނގަޅު އެޕެކެވެ. އެހެނީ މި އެޕްގެ ސަބަބުން ގިނަ ބަޔަކަށް ދިވެހި ފޮތްތައް ކިޔާލުމުގެ އަދި ބޭނުން ކުރުމުގެ ފުރުޞަތު އިތުރުވެފައި ވުމާއެކު، ދިވެހި ލިޔުންތެރިންނަށް ވެސް އެޕްގައި ވިކޭ ފޮތްތަކުގެ ސަބަބުން އެ ބޭފުޅުން ކުރައްވާ ބުރަ މަސައްކަތަށް އެކަށީގެންވާ އަގެއްވެސް ލިބޭ ގޮތް ވަނީ ހަމަޖެހިފައެވެ. އަޅުގަނޑު ދެކޭ ގޮތުގައި މި ފަދަ އެޕެއް ވުޖޫދުވެގެންދިއުމަކީ ދިވެހި ބަހާއި ޓެކްނޮލޮޖީއާ ގުޅުވިފައިވާ ވަރަށް ސީދާ ފާލަމެކެވެ ނުވަތަ ތަޅުމެކެވެ. މި ތަޅުމުގެ ސަބަބުން މިއަދު ދިވެހި ލިޔުންތެރިންގެ ހިތްވަރު އާލާވެ ލިޔުންތެރިން އިތުރުވަމުންދާކަން ވެސް ފާހަގަ ކުރެވެއެވެ."
"ދިވެހިފޮތް އެޕްކަީ ލިޔުންތެރިން ކުރާ މަސައްކަތުގެ އަގު ލިބިގަތުމަށް ހުޅުވުނު އާ ދޮރެއް. ފަސޭހަކަމާއި އަވަސްކަމާއި ޔަގީންކަމާއެކު ޚިދުމަތް ލިބިގަތުމަށް ކިޔުންތެރިންނާ ހަމައަށް މި އެޅުނު ފާލަމަކީ ރާއްޖެއާއި ދުނިޔޭ ކޮންމެ ހިސާބެއްގައި ހުންނަ މީހަކަށް ވެސް ދަތުރުކުރެވޭނެ ފާލަމެއް. މި އެޕްގެ އެހީގައި އަމިއްލަ ފޮތްތަކުން ވިކުނު ފޮތްތަކާއި ފައިސާ ޖަމާވި ވަރާއި އެންމެ ބޮޑަށް ހިނގީ ކޮން ފޮތެއްކަން ވެސް ޔަގީން ކޮށްލެވޭ. އަމިއްލަ ފޮތްތަކުގެ ހިސާބުކިތާބު އިންތިޒާމެއްގެ ބެލެހެއްޓޭ. ކޮންމެ ލިޔުންތެރިއަކަށް ވެސް މި ޚިދުމަތް މުހިންމު. އަޅުގަނޑަކީ މި އެޕްގެ ބައިވެރިއެއް"
މިވެބްސައިޓް މެދުވެރިކޮށް ހިލޭ އެކައުންޓެއް ރެޖިސްޓަރކޮށްލާ. އަދި ބޭނުންވާ މުހިއްމު މަޢުލޫމާރާއި އައިޑީކާޑް ކޮޕީ ހުށަހަޅުއްވާ
އެޕް މެދުވެރިކޮށް ޝާއިއުކުރުމަށް ހެދިފައިވާ އެއްބަސްވުން ފުރިހަމަކޮށް އެބަސްވެލާ. މިއީ ނޮން-އެކްސްކްލޫސިވް އެގްރީމެންޓެއް
ފޮތް ޕީޑީއެފް ނުވަތަ ވޯޑް ފައިލްގެ ގޮތުގައި އަލްޕޯޑްކޮށްލާ
ކޮންމެ ސޭލްއަކުން 70% އާއްމުދަނީ ލިބިގެންދާނެ. މަސް ނިމުމުން އެމަހެއްގެ އާއްމުދަނީ އެކައުންޓަށް ޖަމާކުރެވިގެންދާނެ. ޓޭޝްބޯޑުން އާއްމުދަނީ ބަލާ ޓްރެކްކޮށް ހެދޭނެ
އިތުބާރާއި ރައްކާތެރިކަމާއެކު ޑިޖިޓަލްކޮށް ފޮތް ޝާއިއުކޮށް އާއްމުދަނީ ހޯދަން ފަށާ!
އެކައުންޓް ރެޖިސްޓަރކޮށް ޝާއިއުކުރަން ފަށަމާ